މީޑިއާ ސެންޓަރ

މީޑިއާ ކައުންސިލުންދޭ އިނާމުދިނުމުގެ އުސޫލު ފާސްކޮށްފި

18 މެއި 2017 | ޚަބަރު

2017 މޭ 17 ވީ ބުދަ ދުވަހު ބޭއްވުނު ކައުންސިލުގެ ޖަލްސާގައި، "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިނާމު ދިނުމުގެ އުސޫލު" ފާސްކޮށްފިއެވެ. ކުރިން މޯލްޑިވްސް މީޑިއާ ކައުންސިލުން ނޫސްވެރިންނަށް އިނާމު ދެމުން ގެންދިޔައީ، ކޮންމެ އަހަރަކަށް ޚާއްޞަ ގަވާއިދެއްގެ ދަށުންނެވެ. އެހެނަސް އެގޮތަށް އެކަން ކުރުމުގައި ދަތިތަކެއް ކުރިމަތިވާތީ، ފާސްކޮށްފައިވަނީ، އާންމު އުސޫލަކަށް ބަދަލުކޮށްގެންނެވެ. ... ވިދާޅުވޭ

ޚިޔާލުފާޅުކުރުމާއި މަޢުލޫމާތު ފެތުރުމުގެ ޤާނޫނާގުޅޭ

17 މެއި 2017 | ދެންނެވުން

ޚިޔާލުފާޅުކުރުމާއި މަޢުލޫމާތު ފެތުރުމަށް ޤާނޫނު ތަންދޭ އެންމެ ފުޅާ ދާއިރާއެއްގައި ޚަބަރާއި މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސްދީ، އާންމު ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގެ މީޑިއާތަކުން ކުރާ މަސައްކަތްތަކަކީ މި ކައުންސިލުން ބަލައިގަންނަ ތަރުޙީބުދޭ ކަންކަމެވެ. ... ވިދާޅުވޭ

ލޯކަލް އިންތިޚާބާ ގުޅޭ

05 މެއި 2017 | ދެންނެވުން

6 މޭ 2017 ގައި އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި މިނިވަންކަމާއެކު މަޢުލޫމާތާއި ޚަބަރު ފެތުރުމުގެ މަގު ނޫސްވެރިންނަށް ފަހިކޮށްދެއްވުމަކީ، ކަމާބެހޭ އެންމެހައި މުއައްސަސާތަކުގެ ކިބައިން އެދި އެކަމަށް އިލްތިމާސްކުރަމެވެ. ... ވިދާޅުވޭ

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސްގެ ޚިޠާބު

03 މެއި 2017 | ޚިޠާބު

ކީރިތިވަންތަ މާތް ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. އެކަލާނގެ، ޢާލަމްތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި މުޙައްމަދުގެފާނަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަމެވެ. އެއަށްފަހު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް، ރާއްޖޭގެ އެންމެހައި މީޑިއާތަކަށާއި ނޫސްވެރިންނަށް ފޮނުވަމެވެ. ... ވިދާޅުވޭ

މައްސަލަ ބަލާ ކޮމިޓީ އުފައްދައިފި

20 އޭޕްރިލް 2017 | ޚަބަރު

"މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު" ގެ 23 ވަނަ މާއްދާގެ ދަށުން، 12 އެޕްރީލް 2017 ވީ ބުދަ ދުވަހު، "މައްސަލަ ބަލާ ކޮމިޓީ" އުފައްދައިފިއެވެ. ... ވިދާޅުވޭ

ޤާނޫނީ ހަމަތަކާ ޚިލާފަށް މީޑިއާގައި ޝާއިޢުކުރާ ތަކެތި ފާހަގަކުރާ އިދާރީ މޭޒެއް ހަމަޖައްސައިފި

06 އޭޕްރިލް 2017 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނީ ވާޖިބު އަދާކުރުމަށްޓަކައި، ޚިޔާލުފާޅުކުރުމުގެ ޤާނޫނީ ހަމަތަކާ ޚިލާފަށް މީޑިއާގައި ޝާއިޢުކުރާ ތަކެތި ފާހަގަކުރާނެ "އިދާރީ މޭޒެއް" 3 އޭޕްރީލް 2017 ވީ ހޯމަދުވަހު ހަމަޖައްސައިފިއެވެ. ... ވިދާޅުވޭ