މޯލްޑިވްސް މީޑިއާ ކައުންސިލުގެ އިދާރީ އޮނިގަނޑު


                                                                   


 

މެނޭޖްމަންޓް ސާރވިސަސް ޑިވިޝަން

·        އިދާރާ ހިންގުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވާ ހިންގުން 

·        އިދާރީ ހިންގުމަށް އަދި ކައުންސިލް މެދުވެރިކޮށް ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް ހޯދަން ޖެހޭ ތަކެތި ހޯދުމާއެކު އެމަސައްކަތް ރާވައި ހިންގޭނެ އިންތިޒާމްތައް ހަމަޖެއްސުން. 

·        ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުޞޫލަކުން ކުރިއަށް އޮންނަ އަހަރުގެ އަންދާޒާ ބަޖެޓް ތައްޔާރުކުރުން އެކުލަވާލައި ކައުންސިލްގެ ބަޖެޓްއިން ފައިސާގެ މުޢާމަލާތް މާލިއްޔަތު ޤާނޫނާއި، ޤަވާއިދުގެ ތެރެއިން ކުރުން 

·        ޕްރޮކިއުމެންޓްގެ އެންމެހާ މަސައްކަތްތައް ބަލަހައްޓައި ބިޑް ކޮމެޓީގެ އެއްމެހާކަންތައް މާލިއްޔަތު ޤާނޫނާއި، ޤަވާއިދާ އެއްގޮތަށް ކުރުން 

·        ކައުންސިލްގެ އިންފްރާ ސްޓްރަކްޗަރގެ އެންމެހާ މަސައްކަތްތައް ކުރުން 

·        ކުރިއަރަމުންދާ ޓެކްނޮލޮޖީގެ އެހީތެރިކަމާއެކު އައިޓީގެ މަސައްކަތްތައް ކުރުން މިގޮތުން ނެޓްވާކް އެޅުމާއި، ނެޓްވޯރކް ބަލަހައްޓައި، މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ބޭނުންވާ އިންޓަނެޓްގެ ޚިދުމަށް ފޯރުކޮށްދީ ސިސްޓަމްތައް ހޯދައިދިނުން  

ކޯޕަރޭޓް ސާރވިސަސް

§        ކައުންސިލްގެ ކައުންޓަރަށް އެކި ޚިދުމަތްތައް ހޯދުމަށް ޙާޟިރުވާ ފަރާތްތަކަށް މަޢުލޫމާތުދީ، އެކި ސެކްޝަންތަކަށް ގުޅުވައިދޭންޖެހޭ ފަރާތްތައް ސެކްޝަންތަކާ ގުޅުވައިދިނުމާއި، ކައުންސިލަށް ލިބޭ އެންމެހާ ސިޓީ، މައްސަލަފޯމް އަދި އެހެނިހެން ލިޔުންތައް ސްކޭންކޮށް ސިސްޓަމްއަށް އެންޓަރ ކުރުން    

§        އޮފީސްތަކަށާއި އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުން 

§        ކައުންސިލުގެ މުވައްޒަފުންނަށް ވަޒީފާދިނުމާއި ވަޒީފާއިން ވަކިވުމާއި، އަދި އެހެނިހެން މުވަޒަފުންނާއި ބެހޭ އެންމެހާ މަސައްކަތްތައް ކުރުން 

§        މުވައްޒަފުންގެ ޙާޟިރީއާއި އެހެނިހެން ރެކޯޑްތައް ފައިލްކޮށް ބެލެހެއްޓުމުގެ ހުރިހާ މަސައްކަތެއް ކުރުން 

§        މާލިއްޔަތު ޤަވާއިދާއި ޤާނޫނާއި އެއްގޮތަށް ކައުންސިލުގެ އިންވެންޓްރީ އާއި ސްޓޮކް ބެލެހައްޓައި ނީލަން ކިޔަންޖެހޭ ތަކެތި ނީލަންކިއުން 

ފައިނޭންސް ޔުނިޓް

§        ކައުންސިލުގެ ބަޖެޓް ތައްޔާރުކޮށް ބަޖެޓް އެކުލަވާލައި ފައިނޭސްއާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން 

§        މުވައްޒަފުންނާއި މެންބަރުންގެ މުސާރައާއި ގުޅޭ ހުރިހާ މަސައްކަތެއް މާލިއްޔަތު ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކުރުން 

§        ކައުންސިލްއިން ޚިދުމަތް ހޯދާ މަސައްކަތްތަކާއި ތަކެތީގެ ބިލްތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް މާލިއްޔަތު ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކުރުން

މީޑިއާ ސާރވިސަސް

§        ކައުންސިލުގެ ޤަވާއިދުގެ ތެރެއިން މެންޑޭޓް ކުރެވިފައިވާ ހުރިހާ މަސައްކަތެއް ކުރުން

§        ޤާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާ ދާއިރާއެއްގައި، މީޑިއާގެ މިނިވަންކަން އެކަށައަޅާ ދެމެހެއްޓުމަށް މަސައްކަތް ކުރުން

§        މީޑިއާގައި ދިވެހި މުޖުތަމަޢު ޤަބޫލުކުރާ އެންމެމަތީ އަޚްލާޤީ މިންގަނޑުތައް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ޤާއިމުކޮށް ދެމެހެއްޓުމަށް މަސައްކަތް ކުރުން. މިގޮތުން އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން މުހިއްމު ވާކްޝޮޕް، ސެމިނަރ ފަދަ ބައްދަލުވުންތައް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ރާވައި ހިންގުން

§        ޒިންމާދާރު ގޮތުގައި ޙަރަކާތްތެރިވާ މީޑިއާއެއް ޤާއިމުކޮށް ދަމަހައްޓާދިނުމަށް މަސައްކަތް ކުރުން އަދި ކައުންސިލުން މީޑިއާތަކަށް ހިންގާ އެކިއެކި ޓްރޭނިންތަކުގެ އެންމެހާ މަސައްކަތްތަކެއް ރާވާ، ހިންގާ ބެލެހެއްޓުން

§        ކައުންސިލުން ނިންމާ ކަންތައްތައް ތަންފީޒުކޮށް އެންމެހައި މަސައްކަތްތައް ކުރުމަށް އެހީތެރިވެ ދިނުން

§        ކައުންސިލުގެ އެކިއެކި ކޮމެޓީތަކުގެ ބައްދަލުވުންތައް އިންތިޒާމްކުރުމާއި ބައްދަލުވުންތަކުގެ ޔައުމިއްޔާއާއި ހާޟިރީ އަދި މައްސަލަޔާ ގުޅުންހުރި ހުރިހާ ޑޮކިއުމަންޓްތައް ސްކޭންކޮށް ކޭސް މެނޭޖްމަންޓް ސިސްޓަމް އަޅައި އަދި ފައިލްކޮށް ބެލެހެއްޓުން

§        ޤާނޫނީ ކަންކަމާ ބެހޭ މަސައްކަތްތަކާއި އަދި ކޮމިއުނިކޭޝަންއާއި ގުޅޭ މައްސަލަތައް ބެލުމުގެ މަސައްކަތްތައް ކުރުން

§        އެތިކްސް އެންޑް ލީގަލްގެ އެންމެހާ މަސައްކަތްތައް ބެލެހެއްޓުން

§        އޮންލައިން ނޫސްތަކާއި ބްރޯޑްކާސްޓްކުރާ ތަންތައް މޮނިޓަރކޮށް ބެލެހެއްޓުން

 

ލީގަލް ސާރވިސް ޑިވިޝަން

·        މޯލްޑިވްސް މީޑިއާ ކައުންސިލުގެ މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އެކުލަވާލަންޖެހޭ ޑްރާފްޓްތައް އެކުލަވާލުމުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ރާވާ ހިންގައި ބެލެހެއްޓުން.

·        ޤާނޫނުތަކާއި ގަވާއިދުތައް ޑްރާފްޓްކުރުމާއި ތަރުޖަމާކުރުމާއި އަދި މިފަދަ ޤާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމަށް ބޭނުންވާ އިޖުރާއީ ކަންތައް ކުރުން.

·        ޝަރުޢީ ކޯޓުތަކުގައި ނުވަތަ ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުމާއި، ތަޙުޤީޤީ އިދާރާތަކުގައި ކައުންސިލް ތަމްސީލުކުރުން.

·        ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން އަޅަން ޖެހޭ ފިޔަވަޅާ ގުޅޭ ގޮތުން ކައުންސިލަށް ލަފާ ދިނުމާއި މައްސަލަތަކާއި ގުޅިގެން ނިންމާ ނިންމުންތައް ތަންފީޒުކޮށް ބެލެހެއްޓުން

 

ކޮމްޕްލެއިންސް ޔުނިޓް

§  ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި ގުޅިގެން މައްސަލަތައް ބެލުމަށް ކުރަން ޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

§     ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް ދިރާސާކުރުން

§     ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތައް ބެލުމަށް ކައުންސިލުގައި އެކުލަވާލާ ކޮމިޓީތަކުން ނިންމަވާ ގޮތަކަށް އިދާރީ މަސައްކަތްތައް ބެލެހެއްޓުމާއި ލިޔެކިޔުން ބެލެހެއްޓުމާއެކު ތަންފީޒުކުރުން

§     ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތަކުގައި ފޯރުކޮށްދޭންޖެހޭ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޤާނޫނީ ލަފާދިނުން

§     ޤާނޫނާއި ގަވާއިދުގެ ދަށުން ކައުންސިލަށް ހުށަހެޅޭ ޝަކުވާތަކާއި މައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ރިޕޯޓު ތައްޔާރުކުރުން