ޑރ. އިބްރާހީމް ސަމީރުސެކްރެޓަރީ ޖެނެރަލް (ZV7)


ޑރ. އިބްރާހީމް ސަމީރު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 1 ފެބްރުއަރީ 2021 ގައި ސެކްރެޓެރީ ޖެނެރަލްގެ ގޮތުގައެވެ. ޑރ. ސަމީރުގެ މަސްއޫލިއްޔަތުތަކަކީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެންމެހާ މަސައްކަތްތައް ރާވާ ހިންގާ ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ޑރ. ސަމީރު ހިމެނިވަޑައިގަންނަވާ ކޮމެޓީތަކަކީ ހިއުމަން ރިސޯސް ޑިވަލޮޕްމަންޓް އެންޑް މެނޭޖްމަންޓް ކޮމެޓީގެ ޗެއާރ ޕާސަން އަދި މުރާޖާ ކޮމެޓީގެ ޗެއާރ ޕާސަންކަމެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 18 އޭޕްރީލް 2002 ގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޑރ. ސަމީރު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި 16 އަހަރަށްވުރެ ގިނަ ދުވަހު، އެގްޒެކެޓިވް ލެވެލްގައި، ޑިރެކްޓަރ ޖެނެރަލްގެ މަޤާމުތައް އަދާ ކުރައްވާފައެވެ. އެގޮތުން ޑރ. ސަމީރު ވަނީ ޑްރަގް ކޯޓްގެ އެސިސްޓެންޓް ޑިރެކްޓަރ، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ޑިރެކްޓަރ (އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭންސް)، ޑްރަގް ކޯޓްގެ ކޯޓް އެޑްމިނިސްޓްރޭޓަރ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޕާރމަނަންޓް ސެކްރެޓަރީގެ މަޤާމް އަދާކުރަށްވާފައިވެއެވެ. މީގެއިތުރުން ޑރ. ސަމީރު ވަނީ ރާއްޖޭގައި ކިޔަވައިދޭ ޔުނިވަސިޓީތަކާއި ކޮލެޖްތަކުގައި ވެސް މަސައްކަތް ކުރައްވައި ތަޖުރިބާ ޙާޞިލު ކުރައްވާފައެވެ.

ޑރ. ސަމީރު ވަނީ ސްވިޒަލަންޑްގެ ވިކްޓޯރިއާ ޔުނިވާސިޓީން ޑޮކްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފައެވެ. އަދި މެލޭޝިއާގެ އޯޕަން ޔުނިވަސިޓީން ވަނީ މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (ފައިނޭންސް) އާއި އިންޑިއާގެ ބެންގަލޯރ ޔުނިވަސިޓީން ވަނީ ބެޗިލާރސް އޮފް ކޮމާރސް (އެކައުންޓިން އެންޑް މާރކެޓިން)  ވެސް ހާޞިލް ކުރައްވާފައިވެއެވެ.

 

 

ޑރ. ފާތުމަތު މުނާ – ޑިރެކްޓަރ ޖެނެރަލް (EX5)


ޑރ. ފާތުމަތު މުނާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 16 އޮގަސްޓް 2016 ވަނަ އަހަރު ޑިރެކްޓަރެއްގެ މަޤާމުގައެވެ. އަދި އޭގެފަހުން 30 އޮކްޓޯބަރ 2017 އިން ފެށިގެން ދަނީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާ ކުރައްވަމުންނެވެ. މުނާ އަކީ 2016 ވަނަ އަހަރުން ފެށިގެން މިކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ގެ މަސްއޫލިއްޔަތު އަދާކުރައްވާ ފަރާތެވެ. އަދި މީގެ އިތުރުން މެނޭޖްމަންޓް ސަރވިސް ޑިވިސަން (އެޑްމިން، އެޗްއާރު، ފައިނޭންސް) ގެ އެންމެހާ މަސައްކަތްތައް ރާވާއި ހިންގާ ބަލަހައްޓަވަނީ މުނާއެވެ. އަދި ހަމަ އެއާއިއެކު ބިޑް ކޮމެޓިގެ މުގައްރިރުގެ އިތުރުން އެޗް. އާރު. އެމް. ޑީ ކޮމެޓީގެ ނައިބް މުގައްރިރުކަމާއި، މުރާޖާ ކޮމެޓީގެ ނާއިބް މުގައްރިރުކަން ކުރައްވަނީ ވެސް މުނާއެވެ. އަދި މުނާ އަކީ މި ކައުންސިލްގެ ޓުރަސްޓް ފަންޑު ހިންގާ ކޮމިޓީއާއި، ސްޓެރެޓެޖިކް އެކްޝަން ޕްލޭން ވިލަރެސްކުރާ ކޮމެޓީގެ ވެސް މެމްބަރެކެވެ. 1 ނޮވެމްބަރ 2005 ދިވެހި ސަރުކާރަށް ޚިދުމަތް ކުރަން ފައްޓަވާފައިވާއިރު، މިހާރު މުނާ ދަނީ 16 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދައުލަތައް ޙިދުމަތްކުރައްވަމުންނެވެ. 

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ފާތުމަތު މުނާ ވަނީ 2005 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި ވުޒާރާތަކުގައި ސެކްރެޓޭރިއޭޓް ގެ މަޤާމުން ފެށިގެން ޑިރެކްޓަރުގެ މަޤާމުގެ މަސްއޫލިއްޔަތުތައް އަދާކުރައްވާފައެވެ. އެގޮތުން މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރަ ސްޓަރަކްޗަރ، މިނިސްޓްރީ އޮފް ހެލްތްއާއި ގއ. އަތޮޅު އޮފީހުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވެއެވެ. މިގޮތުން އަދާކޮށްފައިވާ މަސްއޫލިއްޔަތު ތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، ފައިނޭންސްއާއި ޕްރޮކިއުމަންޓްގެ އިތުރުން މެނޭޖްމަންޓްގެ މަސައްކަތް ކުރައްވާފައިވެއެވެ. އަދި މިނިސްޓްރީ އޮފް ހައުންސިން ގައި މަސައްކަތް ކުރެއްވި އިރު މުނާ ވަނީ 1 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ހިޔާ ރިކްރިއޭޝަން ކްލަބްގެ ވައިސް ޗެއާ ކަން ވެސް ކުރައްވާފައެވެ. ދައުލަތައް ޙިދުމަތް ކުރުމުގެ އިތުރުން ފާތުމަތު މުނާ ރާއްޖޭގެ ތައުލީމީ ދާއިރާއާ ގުޅުންހުރި ތަންތަނާއި އެހެނިހެން އިންސްޓިޓިއުޓް ތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. އެގޮތުން އެވިޑް ކޮލެޖްގެ ޕާޓް ޓައިމް ލެކްޗަރާ ކަން 2016 ން 2018 އަށް ކޮށްފައިވާއިރު އެޗް. އާރު މޯލްޑިވްސް ގެ ބޯޑް އޮފް އެޑްވައިޒަރުކަން 2018 ން 2020 ށް ކުރައްވާފައިވެއެވެ. އަދި ފެބްރުއަރީ 2022 އިން ފެށިގެން ފާތުމަތު މުނާ ދަނީ ފައިނޭންސް އިންސްޓިޓިއުޓް ފޯ ޑިވެލޮޕްމެންޓަލް ސްޓަޑީޒް ގެ އެކަޑެމިކް އެޑްވައިޒަރީ ކައުންސިލްގެ ވައިސް ޗެއަރ ކަން ވެސް ކުރައްވަމުންނެވެ. އަދި ފާތުމަތު މުނާ އަކީ 2017 ވަނަ އަހަރުން 2021 ވަނަ އަހަރާ ހަމައަށް ދާރުލް ގުރުއާނުލް ވައްސުއްނަ އިންސްޓިޓިއުޓުން ބޮޑެތި މީނުންނަށް އަމާޒުކޮށްގެން ހިންގާ ކުރުމުއްދަތުގެ އިނގިރޭސީ ކޯސްތައް ކިވައިދެއްވާ ފައިވާ ލެކްޗަރާއެކެވެ.  

ތައުލީމީ ރޮގަށް ބަލާއިރު ފާތުމަތު މުނާ ވަނީ އޮޕެން ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓާރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލް ކުރައްވާފައެވެ. އަދި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އިން ބެޗްލަރ އޮފް ބިޒްނަސް މަނޭޖްމަންޓް އެންޓް މާކެޓިންގެ އިތުރުން ޑިޕްލޮމާއިން ބިޒްނަސް އާއި ލީޑާޝިޕް އެންޑް މެނޭޖްމަންޓް ކޯސް ވެސް ވަނީ ފުރިހަމަ ކުރައްވާފައިވެއެވެ.

 

 

އަބްދުﷲ އަޒްމީން – އެސިސްޓެންޓް ޑިރެކްޓަރ (MS3)


އަލްފާޟިލް އަބްދުﷲ އަޒްމީން މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 3 މާރިޗް 2022 ގައި އެސިސްޓަންޓް ޑިރެކްޓަރެއްގެ ގޮތުގައެވެ. އަޒްމީންގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ ފައިސާއާއި ބެހޭ އެންމެހާ ކަންކަން ބެލެހެއްޓުމާއި އަދި މީޑިއާ ސެކްޝަންގެ އެންމެހާ މަސައްކަތް ވިލަރެސް ކޮށް ހިންގައި ބެލެހެއްޓުމެވެ. އަޒްމީން ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 11 ޖުލައި 2007 ގައެވެ.  

  

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ވެސް އަޒްމީން ވަނީ ސަރުކާރަށް ދިގުމުއްދަތެއް ވަންދެން ހިދުމަތް ކޮށްދީފައެވެ. އެގޮތުން އަޒްމީން ވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން (ސީ.އެޗް.އެސް.އީ) ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމުގައި 14 އަހަރު މަސައްކަތްކޮށްފައިވެއެވެ.  އަޒްމީން އުފުއްލެވި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބިލްތަކަށް ފައިސާ ދެއްކުމާއި ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބު ތައްޔާރުކުރުން ހިމެނެއެވެ.  

  

އަޒްމީން ވަނީ އެވިޑް ކޮލޭޖްއިން ބެޗްލާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން 2021 ވަނަ އަހަރު ހާސިލްކުރައްވާފައެވެ.  

 

 

 

 

ޝާދިޔާ އަޙުމަދު – ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ (MS1)


އަލްފާޟިލާ ޝާދިޔާ އަޙުމަދު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 10 އޯގަސްޓް 2010 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ޝާދިޔާގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ އެޗްއާރު އެންޑް އެޑްމިންއާއި ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ބެލެހެއްޓުމެވެ.  އަދި 16 ޑިސެންބަރ 2021 އިން ފެށިގެން މަސައްކަތް ކުރައްވަނީ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އެއްގެ ގޮތުގައެވެ. މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ ފައިނޭންސްއާއި ގުޅުން ހުރި ހުރިހާ މަސައްކަތްތަކެއް ކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ޝާދިޔާ އަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖެންޑަރ އީކުއަލިޓީ ކޮމެޓީގެ މެންބަރެކެވެ. ޝާދިޔާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 14 ޖޫން 2001 ގައެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޝާދިޔާ ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ޝާދިޔާ ވަނީ ފިލްމު ސެންސަރު ބޯޑުގައި ސެކްރެޓެރީ މަޤާމުގައި ގޮތުގައި 2001 އިން  2006  (5 އަހަރު) ، މިނިސްޓްރީ އޮފް އިންފޮމޭޝަން އެންޑް އާޓްސް ގެ "ސެކްރެޓެރީ ގުރޭޑް 2" ގެ މަޤާމުގައި 2006 އިން 2007 އަށް (1 އަހަރު) ، މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ "ސެކްރެޓެރީ ގުރޭޑް 2" ގެ މަޤާމުގައި 2007 އިން 2008 އަށް (1 އަހަރު) ، މިނިސްޓްރީ އޮފް ލީގަލް ރިފޯމް، އިންފޮމޭޝަން އެންޑް އާޓްސްގެ "ސެކްރެޓެރީ ގުރޭޑް 2" އަދި ޑިޕާޓްމެންޓް އޮފް އިންފޮމޭޝަނުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ގޮތުގައި  2008 އިން 2009 އަށް (1 އަހަރު) މަސައްކަތްކޮށްފައެވެ.

 

ޝާދިޔާ ވަނީ މިއެންޒް އިންޓަނޭޝަނަލް ކޮލެޖްއިން، ބެޗެލަރސް އޮފް ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2021 ، އެސޯސިއޭޓް ޑިގްރީ އިން ހިއުމަން ރިސޯސް މެނޭޖްމަންޓް ކޯސް 2020، ޑިޕްލޮމާ އިން ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2019 ، އަދި އެޑްވާންސް ސެޓްފިކެޓް އިން ހިއުމަން ރިސޯސް މެނޭޖެމަންޓް ކޯސް 2018 ގައި ފުރިހަމަ ކުރައްވާފައެވެ.

 

 


 

ފާޠިމަތު ފަހުމީ - ލީގަލް އޮފިސަރ (CS7-4)


އަލްއުސްތާޛާ ފާޠިމަތު ފަހުމީ  މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތީ 23 ފެބްރުވަރީ 2019 ގައި ލީގަލް  އޮފިސަރއެއްގެ ގޮތުގައެވެ. ފާޠިމަތުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ  ޤާނޫނީ ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް  ފާޠިމަތުއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ބިޑް އިވެލުއޭޝަން ކޮމެޓީ، އެޗްއާރް އެމްޑީ ކޮމިޓީ، މުރާޖާ ކޮމިޓީ އަދި ޓްރަސްޓް ފަންޑް ހިންގާ ކޮމިޓީގެ މެންބަރެކެވެ. އޭގެ އިތުރުން ޖެންޑާ އިކުއަލިޓީ  އާ ގުޅޭ  ޝަކުވާ ބަލާ ކޮމިޓީގެ މުޤައްރިރެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 07 އޮގަސްޓު 2011 ގައެވެ.

 

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ފާޠިމަތު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ފާޠިމަތު ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ  ފައިނޭންސް އޮފިސަރއެއްގެ ގޮތުގައި 6 މަސް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރއެއްގެ ގޮތުގައި 3 އަހަރު، މޯލްޑިވްސް އިންލަންޑް  ރެވެނިއު އޮތޯރިޓީގެ ސީނިއރ އޮފިސަރެއްގެ ގޮތުގައި 1 އަހަރު،  މޯލްޑިވްސް މީޑިއާ ކައުންސިލުގެ ލީގަލް އެސިސްޓެންޓްގެ  ގޮތުގައި 2 އަހަރު މަސައްކަތްކޮށްފައެވެ.

 

ފާޠިމަތު ވަނީ 2015 ވަނަ އަހަރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރސް އޮފް ލޯ (އެލް.އެލް.އެމް) އާއި،  2018ވަނަ އަހަރު ބެޗެލަރސް އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ހާސިލްކުރައްވާފައެވެ.

 

 

   

ފާޠިމަތު ހަފްނާ-  މީޑިއާ އޮފިސަރ (MS1) 



އަލްފާޟިލާ ފާޠިމަތު ހަފްނާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 23 އޮކްޓޯބަރ 2013 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. އަދި 16 ޖެނުއަރީ 2024 އިން ފެށިގެން މަސައްކަތް ކުރައްވަނީ މީޑިއާ އޮފިސަރެއެއްގެ ގޮތުގައެވެ. މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ މީޑިއާ ސެކްޝަންގެ ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ. މީގެ އިތުރަށް ހަފްނާއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޖެންޑާ އީކުއަލިޓީ އާ ގުޅޭ ޝަކުވާ ބަލާ ކޮމެޓީގެ މެންބަރެކެވެ. ހަފްނާ ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 23 އޮކްޓޯބަރ 2013 ގައެވެ.

ހަފްނާ ވަނީ އައިބީއެސް އިން ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން 2013 ގައި ހާސިލްކުރައްވާފައެވެ. އަދި ސައިރެކްސް ކޮލަޖުން ސެޓްފިކެޓް 3 އިން އިންފޮމޭޝަން ޓެކްނޮލެޖީ 2010 ގައި ހާޞިލް ކުރައްވާފައިވެއެވެ.

 



އަޒުހަދު ޙަބީބު -  އެސިސްޓެންޓް ޑޭޓާ ޕޮރޮސެސިންގ އޮފިސަރ (GS4)


އަލްފާޟިލް އަޒުހަދު ޙަބީބު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 15 ޖަނަވަރީ 2024 ގައި އެސިސްޓަންޓް ޑޭޓާ ޕްރޮސެސިންގ އޮފިސަރ އެއްގެ ގޮތުގައެވެ. އަޒުހަދުގެ މަސްއޫލިއްޔަތަކީ ކައުންސިލުގެ މީޑިއާ ސެކްޝަންގެ އިދާރީ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި، ކައުންސިލުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ އަދާހަމަ ކުރުމުގެ މަސައްކަތެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން އިންޓާނެއްގެ ގޮތުގައި ކޮންރެޑް މޯލްޑިވްސްގައި 6 މަސް ދުވަހު މަސައްކަތް ކުރައްވާފައިވެއެވެ.

އަޒުހަދު ވަނީ 2021 ގައި ދިވެހި ރާއްޖޭގެ ޤައއުމީ ޔުނިވަރސިޓީ އެޑްވާންސް ސެޓްފިކެޓް އިން ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑިޒް ހާސިލް ކުރައްވާފައެވެ.

 



ޢާއިޝަތު މަލްސާ މާޙިރު - އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS4)



އަލްފާޟިލާ ޢާއިޝަތު މަލްސާ މާޙިރު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 01 ފެބުރުއަރީ 2024 ގައި އެޑްމިނިސްޓުރޭޓިވް އޮފިސަރ އެއްގެ ގޮތުގައެވެ. މަލްސާގެ މަޤާމުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ އެޗްއާރު އެންޑް އެޑްމިނިސްޓްރޭޝަން ޔުނިޓްގެ ކުރަންޖެހޭ ހުރިހާ މަސައްކަތެކެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން މަލްސާވަނީ އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން މަލްސާ ވަނީ އެޑްމިނިސްޓުރޭޓިވް އޮފިސަރއެއްގެ ގޮތުގައި ޕޮލީޕްސް ޕރޓ ލޓޑ އަދި މޯލްޑިވްސް އެމްޕްލޮއިމެންޓް ސަރވިސްގައި 1 އަހަރު، ހޮސްޓެސްއެއްގެ ގޮތުގައި ޕަޓީނާ މޯލްޑިވްސްގައި 2 އަހަރު މަސައްކަތްކޮށްފައެވެ. އަދި މީގެ އިތުރުންވެސް ވަނީ އެކި ކުންފުނިތަކުގައި މަސައްކަތްކޮށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދާފައެވެ.

މަލްސާ ވަނީ  ނޮވެމްބަރ 2015 ގައި އަޙުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްއިން އޯލެވެލް އަދި އޮކްޓޫބަރ 2017 ގައި އަޙުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްއިން އޭލެވެލް ނިންމާފައެވެ.





ހަސަން ޝާމިހު - އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3)



 

އަލްފާޟިލް ހަސަން ޝާމިހު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 15 ޖަނަވަރީ 2024 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ޝާމިހުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލުގެ މީޑިއާ ސެކްޝަންގެ އިދާރީ އެންމެހާ މަސައްކަތްތައް ބެލެހެއްޓުމާއި، އަދި މީޑިއާ މޮނީޓަރިންގެ މަސައްކަތް ބެލެހެއްޓުމެވެ

ޝާމިހު ވަނީ  އޮކްޓޫބަރ 2023 ގައި އަޙުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލްއިން އޭލްވެލް ފުރިހަމަ ކޮއްފައެވެ.



 


އަޙްމަދު ނާޝިދު – އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3)



އަލްފާޟިލް އަޙްމަދު ނާޝިދު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 15 ފެބްރުއަރީ 2024 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ނާޝިދުގެ މަސްއޫލިއްޔަތުތަކަކީ ޕްރޮކިއުމަންޓް އަދި ބަޖެޓާ ގުޅުންހުރި ހުރިހާ މަސައްކަތްތައް ބެލެހެއްޓުމެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ނާޝިދު ވަނީ އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ނާޝިދު ވަނީ ސްލެންޑަރ މާޓްގެ ކޭޝިއަރ ގޮތުގައި 6 މަސް، އަދި މޯލްޑިވްސް އެއަރޕޯޓްގައި އެއަރކްރަފްޓް އިންޓީރިއަރ ކްލީނާ ގޮތުގައި 1 އަހަރާއި 6 މަސް ދުވަހު މަސައްކަތްކޮށް ތަޖުރިބާ ހޯދާފައެވެ. 

ނާޝިދު ވަނީ 2016 ވަނަ އަހަރު ވިލާ ކޮލެޖުން 1 އަހަރުގެ އެޗް.އާރު މެނޭޖްމެންޓް ސެޓްފިކެޓް 3 ގެ ކޯހެއް ފުރިހަމަކޮށްފައެވެ. 





 

ޢާއިޝަތު ލައުޒާ -  އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3)


އަލްފާޟިލާ ޢާއިޝަތު ލައުޒާ މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 20 ފެބުރުއަރީ 2024 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ލައުޒާގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ މީޑިއާ ސެކްޝަންއާ ގުޅުންހުރި ހުރިހާ މަސައްކަތްތަކެއް ބެލެހެއްޓުމެވެ. އަދި މީގެ އިތުރަށް ލައުޒާއަކީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ އެތިކްސް އެންޑް ލީގަލް ކޮމިޓީގެ ސެކްރެޓޭރިއޭޓެވެ.  

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ލައުޒާ ވަނީ އަމިއްލަ ކުންފުންޏެއްގައި މަސައްކަތްކޮށްފައެވެ. އެގޮތުން ލައުޒާ ވަނީ އއ ރަސްދޫ، ކޮސްމެޓިކާގައި ސޭލްސް މެނޭޖަރ ގޮތުގައި މަސައްކަތްކޮށްފައިވެއެވެ.  

ލައުޒާ ވަނީ ވިލާ ކޮލެޖުން ސެޓެފިކެޓް 3 އިން ހިއުމަން ރިސޯސް މެނޭޖްމެންޓް 2023 ވަނަ އަހަރު ހާސިލްކުރައްވާފައެވެ.





ޝަހުލީން ރަޝީދު - އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS3)

 

އަލްފާޟިލް ޝަހުލީން ރަޝީދު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 07 މާރިޗު 2024 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ ގޮތުގައެވެ. ޝަހުލީނުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ މީޑިއާ ސެކްޝަންގެ ހުރިހާ މަސައްކަތްތަކެއް ވިލަރެސްކޮށް ބެލެހެއްޓުމެވެ. ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 2016 ގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތުމުގެ ކުރިން ޝަހުލީން ވަނީ ސަރުކާރުގެ ބައެއް މުޢައްޞަޞާތަކާއި އަމިއްލަ ބައެއް ކުންފުނިތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ޝަހުލީން ވަނީ ޕަބްލިކް ވަރކްސް ސަރވިސް އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ގޮތުގައި 2 އަހަރު، އަދި މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ގޮތުގައި 2 އަހަރު މަސައްކަތްކޮށްފައެވެ. އަދި މީގެ އިތުރުންވެސް ވަނީ އެކި ކުންފުނިތަކުގައި މަސައްކަތްކޮށް އެކި ދާއިރާތަކުން ތަޖުރިބާ ހޯދާފައެވެ.

ޝަހުލީން ވަނީ  ނޮވެމްބަރ 2010 ގައި ދަރުމަވަންތަ ސުކޫލްއިން އޯލެވެލް ނިންމާފައެވެ.



އާރިފާ އަލީ-  އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (GS2)


އަލްފާޟިލާ އާރިފާ އަލީ މޯލްޑިވްސް މީޑިއާ ކައުންސިލް އާ ގުޅިވަޑައިގަތީ 10 އޮގަސްޓް 2010 ވަނަ އަހަރު އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރއެއްގެ ގޮތުގައެވެ. އާރިފާގެ މަސްއޫލިއްޔަތު ތަކަކީ ރިސެޕްޝަންގެ އެންމެހާ މަސައްކަތް ކުރުމާއި،  ޖެމްސް އީމެއިލް ޗެކްކޮށް އަންނަ އެއްޗެހި އެންޓްރީ ކުރުމާއި، ސްޓޮކް ބެލެހެއްޓުން އަދި ކައުންސިލްގެ ޔައުމިއްޔާ ބެލެހެއްޓުމެވެ. ދިވެހި ސަރުކާރަށް ޚިދުމަތްކުރައްވަން ފެށްޓެވީ 25 ނޮވެމްބަރ 1991 ގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައި ގަތުމުގެ ކުރިން އާރިފާ ވަނީ ސަރުކާރުގެ އެކި މުއައްސަސާ ތަކުގައި ވަޒީފާ އަދާކޮށްފައެވެ. އެގޮތުން 25 ނޮވެމްބަރ 1991 އިން 13 މެއި 1993 އަށް ޑިޕާރޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޓައިޕިސްޓެއްގެ ވަޒީފާއާއި،  11 ނޮވެމްބަރ 1993 އިން 06 ނޮވެމްބަރ 1996 އަށް މިނިސްޓްރީ އޮފް އިންފޮރމޭޝަން އެންޑް ކަލްޗަރ ގައި ކީބޯޑް އޮޕަރޭޓަރެއްގެ ވަޒީފާއާއި،01 އޮގަސްޓް 2004 އިން 14 ޖުލައި 2005 އަށް މިނިސްޓްރީ އޮފް އިންފޮރމޭޝަން އެންޑް އާޓްސް ގައި އެސިސްޓެންޓް ސެކްރެޓަރީ ވަޒީފާއާއި، 31 އޮކްޓޯބަރ 2007 އިން 01 ޖެނުއަރީ 2008 އަށް މިނިސްޓްރީ  އޮފް ލީގަލް ރިފޯރމް، އިންފޮރމޭޝަން އެންޑް އާޓްސްގެ އެސިސްޓެންޓް ސެކްރެޓަރީ ވަޒީފާ އަދި މީގެ އިތުރުން 12 ނޮވެމްބަރ 2008 އިން 01 ފެބްރުއަރީ 2009 އަށް ޑިޕާރޓްމަންޓް އޮފް އިންފޮރމޭޝަންގައި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ ވަޒީފާ އަދާކުރެއްވިއެވެ.

އާރިފާ ވަނީ ނުރަސްމީ ތަޢުލީމުދޭބައި/މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ހިންގި ތާނަ ޓައިޕް ކުރުމުގެ ސެޓްފިކެޓް ކޯސް 7 ވަނަ ބުރުގައި ބައިވެރިވެ ފާސްވެ އަދި ސިވިލް ސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން 15 ޖުލައި 2019 އިން 28 އޮކްޓޯބަރ 2019 އަށް ހިންގި ސެޓްފިކެޓް 3 އިން އޮފީސް އެޑްމިނިސްޓްރޭޝަން ކޯސް ފުރިހަމަކުރައްވާފައި ވެއެވެ.

 

 

 

އަހުސަން ހުސައިން - އޮފީސް އެސިސްޓެންޓް (SS1)


އަލްފާޟިލް އަހުސަން ހުސައިން މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 19 ޑިސެންބަރ 2021 ގައި  އޮފިސް އެސިސްޓެންޓް އެއްގެ ގޮތުގައެވެ. އަހުސަން ހުސައިން މަޤާމުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލްގެ   އޮފިސް އެސިސްޓެންޓް  ކުރަންޖެހޭ ހުރިހާ މަސައްކަތެކެވެ. އަހުސަން ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ  19 ޑިސެންބަރ 2021 ގައެވެ.

އަހުސަން ވަނީ 2008 ގައި ދަރުމަވަންތަ ސްކޫލުން އޯލެވެލް ނިންމާފައެވެ.  

 



ފާތިމަތު މުހައްމަދު – މަސައްކަތު (SS1)


އަލްފާޟިލާ ފާތިމަތު މުހައްމަދު މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިވަޑައިގަތީ 19 ފެބްރުއަރީ 2023  ގައި މަސައްކަތު މަޤާމުގެ ގޮތުގައެވެ. ފާތިމަތުގެ މަޤާމުގެ މަސްއޫލިއްޔަތުތަކަކީ ކައުންސިލް ސާފްކޮށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމެވެ. ފާތިމަތު ދިވެހި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 10 ފެބުރުވަރީ 2021 ގައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލާ ގުޅިވަޑައިގަތުމުގެ ކުރިން ފާތިމަތު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ފާތިމަތު ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ  ރޯޑް ސްވީޕާރ މަޤާމް 10 ފެބުރުވަރީ 2021 އިން 14 ފެބުރުވަރީ 2023 އަށް މަސައްކަތްކޮށްފައެވެ.

 

 

.