ކުޑަކުދިންގެ ޙައްޤުތަކާއި ގުޅޭ ރިޕޯޓް ތައްޔާރު ކުރުމުގެ އުސޫލުތަކާއި ބެހޭގޮތުން
މީޑިއާ އޭޖެންސީތަކުގައި މަސައްކަތް ކުރައްވާ އެޑިޓަރުންނާއި ރިޕޯޓަރުންނަށް
އަމާޒުކޮށްގެން، ޔުނިސެފްގެ އެހީއާއެކު މޯލްޑިވްސް މީޑިއާ ކައުންސިލުން އިންތިޒާމު
ކޮށްގެން، އޯގަސްޓް 9 2015 ން އޯގަސްޓް 12 2015 ށް ވޯކްޝޮޕެއް ކުރިއަށް ގެންދެވުނު.
މޯލްޑިވްސް މީޑިއާ ކައުންސިލާއި
ރާއްޖޭގައި ހުންނަ ޗައިނީޒް އެމްބަސީ ގުޅިގެން އިންތިޒާމްކުރި ދަތުރެއްގައި ބައެއް
ނޫސްވެރިން 25 އޮކްޓޫބަރ 2015 ން 31 އޮކްޓޫބަރ 2015 އަށް ޗައިނާއަށް
ޒިޔާރަތްކުރެއްވި. ޗައިނާއަށް ކުރި މި ދަތުރުގެ ބޭނުމަކީ ޗައިނާއާއި ރާއްޖެއާއި
އޮންނަ ގުޅުން ބަދަހި ކުރުމާއި ޗައިނާގެ ތަރައްޤީގެ އެކި މަސައްކަތްތަކާއި
ސަގާފަތް ރާއްޖޭގެ ނޫސްވެރިންނަށް ދައްކާލުމާއި ޗައިނާއަށް ދިވެހި ނޫސްވެރިން
އަހުލުވެރި ކުރުވުމެވެ.
2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލު އިންތިޚާބަށް
ނޫސްވެރިން ތަމްރީން ކުރުމުގެ ޕްރޮގްރާމް. (އިލެކްޝަންސް ކޮމިޝަން އަދި މޯލްޑިވްސް
ބްރޯޑް ކާސްޓިންގ ކޮމިޝަން އާއި ގުޅިގެން) - 01 އޭޕްރީލް 2017