ޚަބަރު

މައްސަލަ ބަލާ ކޮމިޓީ އުފައްދައިފި

20 އޭޕްރިލް 2017 | ޚަބަރު

"މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު" ގެ 23 ވަނަ މާއްދާގެ ދަށުން، 12 އެޕްރީލް 2017 ވީ ބުދަ ދުވަހު، "މައްސަލަ ބަލާ ކޮމިޓީ" އުފައްދައިފިއެވެ. އެ ކޮމިޓީގެ މަޤުޞަދަކީ، ކައުންސިލަށް ހުށަހެޅޭ އަދި ކައުންސިލުން އިސްނަގައިގެން ބަލާ މައްސަލަތައް ބަލައި ތަޙުޤީޤުކޮށް ނިންމުމެވެ.

މައްސަލަ ބަލާ ކޮމިޓީން މައްސަލަ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާނީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދުގައި، ކަމާބެހޭ އުސޫލުތައް ކަނޑައަޅާފައިވާ މާއްދާތަކުގެ ތެރެއިން ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އާ ފުށުނާރާ މާއްދާތަކާ އެއްގޮތަށެވެ. އަދި ޤާނޫނު ނަންބަރު 2016/15 އިން ކައުންސިލާ މަތިކޮށްފައިވާ މައްސަލަތައް ވެސް އެ ކޮމިޓީން ބަލަމުން ގެންދާނެއެވެ.

 "މައްސަލަ ބަލާ ކޮމިޓީ" ހިނގަމުންދާނީ، "މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގަވާއިދު" ގެ 27 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގަވާއިދާ އެއްގޮތަށެވެ.

 

20 އޭޕްރީލް 2017