ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމު 2016 ބާއްވައިފި

12 އޮކްޓޯބަރު 2017 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ ނޫސްވެރިކަމުގެ އިނާމު 2016 ހަފްލާ ރޭ ދަރުބާރުގޭ ރަންނަ ބަނޑޭރިމާލަމްގައި ބާއްވައިފިއެވެ. 8 ދާއިރާއަކުން އިނާމުލިބިވަޑައިގަތް ނޫސްވެރިންނަށް އިނާމާއި ޓްރޮފީ ހަވާލުކުރެވުނެވެ. މީގެ އިތުރުން ހާއްސަ އިނާމުގެ ގޮތުގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމު ދެވުނެވެ.

އިނާމު ލިބުނު ފަރާތްތަކަކީ:

1.      އިޖުތިމާއީ ދާއިރާ: އާސިޔަތު މުޙައްމަދު ސައީދު، މިހާރު،

2.      ސިޔާސީ ދާއިރާ: އަލީ ނާފިޒް: މިހާރު،

3.      ޝަރުއީ އަދި ޤާނޫނީ ދާއިރާ: މުއިއްޒު އިބްރާހިމް، މިހާރު،

4.      ވިޔަފާރިއާއި އިގްދިޞާދުގެ ދާއިރާ: އިބްރާހިމް މާހިލް މުހައްމަދު، ސަން އޮންލައިން،

5.      ކުޅިވަރުގެ ދާއިރާ، އައްޒާމް އަލިފުޅު، މިހާރު،

6.      ފޮޓޯ ޖާރަނަލިޒަމްގެ ދާއިރާ: ފަޔާޒް މޫސާ، ސަން އޮންލައިން،

7.      ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ: އާމިނަތު އަމީނާ، ވީޓީވީ،

8.      ފީޗާ ލިޔުމުގެ ދާއިރާ: ނިއުމަތުﷲ އިދުރީސް، މިހާރު،

9.      އެންމެ އުއްމީދީ ނޫސްވެރިޔާ: މޫސާ ރަޝީދު، އަވަސް އޮންލައިން،

10.  ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އައްބާސްއިބްރާހިމް އެވެ.

މިހަފްލާ ކުލަގަދަގޮތެއްގައި ކުރިއަށް ގެންދެވުނީ ވަރަށްގިނަ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކުގައެވެ. މިހަފްލާގެ މެއިން ސްޕޮންސަރުންނަލީ ބެންކް އޮފް މޯލްޑިވްސް އާއި ދިރާގެވެ. މި ހަފްލާގެ މީޑިއާ ޕާޓްނަރަކީ ޕީއެސްއެމް އެވެ. މިހަފްލާގެ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކަކީ،  އިންޑިއަން ހައިކޮމިޝަން، މާލޭ އެރޭޓެޑް ވޯޓާރ ކޮމްޕެނީ، އައިލެންޑް އޭވިއޭޝަން ސާރވިސް ލިމިޓެޑް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މަޓާޓޯ، އަދާރަން ރިސޯޓްސް، ޕެރެޑައިސް އައިލެންޑް ރިސޯޓް، އިސްލާމިކް މިނިސްޓްރީ، ބަނޑޮސް މޯލްޑިވްސް، ލޯލާ، އާދޮނި، މޯލްޑިވްސް ގޭސް، ދިވެހިބަހުގެ އެކަޑަމީ އަދި އިސްލާމިކް ޔުނިވާރސިޓީ އެވެ.

 

12 އޮކްޓޯބަރ 2017