މި ކައުންސިލުން ދެންނެވި
ދެންނެވުމަކަށް އިޖާބަދެއްވައި، މިއަދު (2017 އޮގަސްޓް 01) ވީ އަންގާރަ ދުވަހު) މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީން، މި ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި
ބައްދަލުކުރެއްވުން އޮތީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު
މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ޒުވާނުންނަށް އަމާޒުކޮށްގެން މީޑިއާއާއި ގުޅުންހުރި
ދާއިރާތައް ތަރައްގީކުރުމަށް ޓްރެއިނިންގ ޕްރޮގްރާމްތައް ޔޫތު މިނިސްޓްރީއާއި
ގުޅިގެން ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި ދެ ފަރާތް ގުޅިގެން ޙައްލުކުރެވިދާނެ
ކަންތައްތަކާއި، ދެ ފަރާތުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި
ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ކައުންސިލުން އެކިއެކި
ފަރާތްތަކާ އެކު މިފަދަ ބައްދަލުވުންތައް ބޭއްވުމަށް އެދެމުންދަނީ، މީޑިއާތައް
ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއްގެ ތެރެއިންނެވެ.
01 އޮގަސްޓް 2017