ޚަބަރު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ބައްދަލުކުރުން

30 ޖުލައި 2017 | ޚަބަރު

މި ކައުންސިލުން ދެންނެވި ދެންނެވުމަކަށް އިޖާބަދެއްވައި، މިއަދު (2017 ޖުލައި (30 ވީ އާދިއްތަ ދުވަހު) މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން، މި ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ވިޔަފާރިއާއި އިގްތިޞާދުގެ ދާއިރާއިން ޚަބަރު ގެނެސްދޭ ނޫސްވެރިންނަށް، އަމާޒުކޮށްގެން ދެ ފަރާތް ގުޅިގެން ހިންގިދާނެ ޕްރޮގްރާމުތަކަކީ ކޮބައިތޯ ބަލައި އެފަދަ ޓްރެއިނިންގ ޕްރޮގްރާމްތައް ދެ މުއައްސަސާ ގުޅިގެން ކުރިއަށް ގެންދިއުން ހިމެނެއެވެ. މީގެ އިތުރުން ސްކޫލްތަކުގެ މީޑިއާ ކްލަބްތަކަށް ޓްރެއިންނިގް ދިނުމަށްވެސް މަޝްވަރާކުރެވުނެވެ. އަދި ދެ ފަރާތް ގުޅިގެން ޙައްލުކުރެވިދާނެ ކަންތައްތަކާއި، ދެ ފަރާތުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ކައުންސިލުން އެކިއެކި ފަރާތްތަކާ އެކު މިފަދަ ބައްދަލުވުންތައް ބޭއްވުމަށް އެދެމުންދަނީ، މީޑިއާތައް ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއްގެ ތެރެއިންނެވެ.

30 ޖުލައި 2017