މި ކައުންސިލުން ދެންނެވި ދެންނެވުމަކަށް އިޖާބަދެއްވައި، މިއަދު (2017 އޮގަސްޓު 09 ވީ ބުދަ ދުވަހު) ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީން މި ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު
މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ދެ ފަރާތް ގުޅިގެން ހިންގިދާނެ ކޯސްތަކާއި
ކޯސްތައް ހިންގާނެ ގޮތާއި ދާއިރާތަކާއި، ކޯސް ނިންމާ ފަރާތްތަކަށް ދެވޭނެ ސަނަދު
ހިމެނެއެވެ. މި ކަންތައް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ފަހުމުނާމާއެއް އޮންނަން
ޖެހޭނެކަމާއި، ކުރިން ވެސް މަޝްވަރާކުރެވިފައިވާ ފަހުމުނާމާގައި ސޮއިކުރުން
އަވަސްކުރުމަށް ވެސް މަޝްވަރާކުރެވުނެވެ. އަދި މޯލްޑިވްސް މީޑިއާ ކައުންސިލުންދޭ
އިނާމާއި ހިންގާ އެކިއެކި ޕްރޮގްރާމްތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީން
އެއްބާރުލުން ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.
މި ކައުންސިލުން އެކިއެކި
ފަރާތްތަކާ އެކު މިފަދަ ބައްދަލުވުންތައް ބޭއްވުމަށް އެދެމުންދަނީ، މީޑިއާތައް
ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތްތަކެއްގެ ތެރެއިންނެވެ.
09 އޮގަސްޓު 2017