ދެންނެވުން

ދެންނެވުން

22 މެއި 2017 | ދެންނެވުން

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މި ކައުންސިލަށް ހުށަހަޅާފައިވާ މައްސަލަތަކެއް ކަމަށް މީޑިއާގައި ފެތުރެމުންދާ މަޢުލޫމާތާ ގުޅޭގޮތުން ދަންނަވަމެވެ.

 

މީޑިއާ ކައުންސިލުން ކަމާ ގުޅުންހުރި ފަރާތްތަކަށް ޖަވާބުދާރީވުމަށް ސިޓީ ފޮނުވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޭރުގެ ޗީފް ކޮމިޔުނިކޭޝަން އޮފިސަރގެ މެއިލުން މީޑިއާ ކައުންސިލުގެ ސަމާލުކަމަށް ގެނައި ލިޔުމާ ގުޅިގެންނެވެ. އެހެންކަމުން މީޑިއާ ކައުންސިލުން ގުޅުންހުރި ފަރާތްތަކަށް ސިޓީ ފޮނުވާފައިވާނީ، މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ އުޞޫލުގެ ދަށުން، ޝަކުވާއަށް ޖަވާބުދާރީވުމަށް ފުރުޞަތު ދިނުމަށްޓަކައި، ކަމާގުޅޭ ލިޔެކިއުމާ އެކުގައެވެ. މިކަމާގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވަނީ "ރައީސް އޮފީހުން ރާއްޖޭގެ އެއްވެސް ނޫސްވެރިޔަކާ ދެކޮޅަށް އަދި އެއްވެސް މީޑިއަކާ ދެކޮޅަށް އެއްވެސް މައްސަލައެއް މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅާފައި ނުވާނެ ކަމަށް" ބަޔާންކޮށް 2017 މޭ 22 ވަނަ ދުވަހު، މި ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.

 

ވީމާ، މިކަން މީޑިއާއާއި، ކަމާގުޅޭ އިދާރާތަކާއި އާންމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.