ޚަބަރު

'މިހާރު' އަށް އަހަރީ ތަހުނިޔާ ދަންނަވައިފި

25 މެއި 2017 | ޚަބަރު

"މިހާރު" މީޑިއާ އަށް އެއް އަހަރު ފުރުނު ތާރީޚީ އުފާވެރި މުނާސަބަތު ފާހަގަކޮށް، އެ މީޑީއާއަށް، މީޑިއާ ކައުންސިލުން ތަހުނިޔާ ދަންނަވައިފިއެވެ. މި ތަހުނިޔާ ދަންނަވާފައިވަނީ، "މިހާރު" މީޑިއާގެ ސީއީއޯ އަލްފާޟިލް ރިފްޢަތު މުޙައްމަދަށް، މީޑިއާ ކައުންސިލުގެ ރައީސް ޢަބްދުލްމުޢީދު ޙަސަން ފޮނުއްވި ޚާއްޞަ ސިޓީއަކުންނެވެ.

މީޑިއާ ކައުންސިލުގެ ރައީސް، އެ ސިޓީގައި ވިދާޅުވެފައިވަނީ، "މިހާރު" މީޑިއާގެ ޢުމުރުން އެއް އަހަރު ފުރޭ ތާރީޚަކީ، ފަޚުރުވެރިވުން ޙައްޤު ކާމިޔާބީތަކަކާއެކު އެ މީޑިއާއިން  ޙާޞިލުކުރެއްވި މުހިންމު ތާރީޚެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެ އުފާވެރި މުނާސަބަތުގައި، މޯލްޑިވްސް މީޑިއާ ކައުންސިލުގެ މެންބަރުންނާއި، މުވައްޒަފުންނާއި، އަދި މީޑިއާ ކައުންސިލުގެ ރައީސްގެ އަމިއްލަ ނަމުގައި، އެ މީޑިއާއަށާއި، އެ މީޑިއާގައި މަސައްކަތްކުރައްވާ އެންމެހައި ބޭފުޅުންނަށް ތަހުނިޔާ ދަންނަވައި، މުބާރަކްބާދު އަރިސްކުރައްވާ ކަމަށެވެ.

ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، "މޯލްޑިވްސް މީޑިއާ ކައުންސިލުން ތިޔަ މީޑިއާއަށް އެދެނީ، އަދަށްވުރެ ފަހި މާދަމައެކެވެ. މާޒީއަށްވުރެ އުޖާލާ މުސްތަޤުބަލެކެވެ. މާތް ﷲ، ތިޔަ މީޑިއާއަށާއި، ތިޔަ މީޑިއާގެ އެންމެހައި މުވައްޒަފުންނަށް ފާގަތި ދިގު ޢުމުރެއް މިންވަރުކުރައްވާށިއެވެ! އާމީން!" މިހެންނެވެ.

 

 

25 މޭ 2017