ޚަބަރު

'ނޫސްވެރިކަމުގެ އިނާމު 2019' ޙަފްލާ ބޭއްވުން

09 ޑިސެމްބަރު 2020 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ 'ނޫސްވެރިކަމުގެ އިނާމު 2019' ގެ ޙަފްލާ 2020 ޑިސެމްބަރ 08 ވީ (އަންގާރަ) ދުވަހުގެ ރޭ ޕީއެސްއެމްގެ މަލްޓިޕާޕޯސް ހޯލްގައި ބާއްވައިފިއެވެ.

މި ޙަފްލާގައި ޕްރިންޓް/އޮންލައިން ކެޓަގަރީގެ 9 ދާއިރާއެއްގެ އިނާމާއި ބްރޯޑްކާސްޓިންގ ކެޓަގަރީގެ 3 ދާއިރާއެއްގެ އިނާމު އަދި މީގެ އިތުރުން އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމާއެކު ޖުމްލަ 13 އިނާމު ދީފައިވާއިރު އިނާމު ލިބުނު ފަރާތްތަކުގެ ހުށަހެޅުންތަކަށް އިންސާފުވެރިކަމާއިއެކު ފަޑިޔާރުކަން ކޮށްދެއްވާފައިވަނީ 5 މެންބަރުންގެ ޕެނަލްއަކުންނެވެ. އަދި މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވާފައިވަނީ ނޭޝަނަލް އިންޓަގުރެޓީ ކޮމިޝަންގެ ރައީސް އަލްފާޟިލް ގާސިމް އަބްދުލް ކަރީމްއެވެ. އަދި މި ރަސްމިއްޔާތުގައި މި ކައުންސިލްގެ ރައީސް އަލްފާޟިލް ހިދާޔަތުﷲ ގެ ވާހަކަފުޅު ދައްކާފައިވެއެވެ. މި ހަފްލާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ ވީޑިއޯ މެދުވެރިކޮށް ނޫސްވެރިންނާ މުޙާތަބުކޮށް ވާހަކަފުޅު ދައްކަވާފައެވެ.

މި ޙަފްލާ އެޗްޕީއޭ ގެ ގައިޑް ލައިނާ އެއްގޮތަށް ބާއްވާފައިވާއިރު އިނާމު ލިބިފައިވާ ހުރިހާ ކެޓަގަރީތަކުގެ ނޫސްވެރިންނަށް އިނާމުގެ ގޮތުގައި މީޑީއާ ކައުންސިލް ދީފައިވާ ފައިސާގެ އިނާމު، ވޭލް ސަބްމެރީން އަދި ބީއެމްއެލް އިން ދެއްވާފައިވާ ގިފްޓް ކާޑެއް ވަނީ ދެއްވާފައެވެ.

 

އިނާމު ލިބުނު ކެޓަގަރީތަކުގައި ހިމެނެނީ:

1.   ތަޙްޤީގީ ނޫސްވެރިކަން (އިންވެސްޓިގޭޓިވް ޖާރނަލިޒަމް)، މުޙައްމަދު މުޒައްޔިނު ނާޒިމް، ސަން އޮންލައިން، ޕްރިންޓް/އޮންލައިން ކެޓަގަރީ.

2.   އިޖުތިމާއީ، ތާރީޚާއި ސަޤާފަތް، ފަންނުވެރިކަން، ޝަފްނާ ޙުސައިން، ސަން އޮންލައިން، ޕްރިންޓް/އޮންލައިން ކެޓަގަރީ.

3.   ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީ، އީމާން އަންވަރު، އަވަސް، ޕްރިންޓް/އޮންލައިން ކެޓަގަރީ.

4.   ސިޔާސީ، މުޙައްމަދު ވިޝާމް، އަވަސް، ޕްރިންޓް/އޮންލައިން ކެޓަގަރީ.

5.   ޝަރުއީ އަދި ޤާނޫނީ ދާއިރާ، މުޢިއްޒު އިބްރާހީމް، މިހާރު، ޕްރިންޓް/އޮންލައިން ކެޓަގަރީ.

6.   ވިޔަފާރިއާއި އިޤުތިޞާދު ދާއިރާ، މުޙައްމަދު އަފްރާޙް، އަވަސް، ޕްރިންޓް/އޮންލައިން ކެޓަގަރީ.

7.   ވިޔަފާރިއާއި އިޤުތިޞާދު ދާއިރާ، ސިމާޙާ ނަސީމް، ރާއްޖެ ޓީވީ، ބްރޯޑްކާސްޓިންގ ކެޓަގަރީ.

8.   ކުޅިވަރު ދާއިރާ، މުޙައްމަދު ހަމްދޫން، މިހާރު، ޕްރިންޓް/އޮންލައިން ކެޓަގަރީ.

9.   ފީޗަރ/ރިޕޯޓު ދާއިރާ، މުޙައްމަދު ހަމްދޫން، މިހާރު، ޕްރިންޓް/އޮންލައިން ކެޓަގަރީ.

10.  ފީޗަރ/ރިޕޯޓު ދާއިރާ، ޝުރުފާ މުޙައްމަދު، އަވަސް، ބްރޯޑްކާސްޓިންގ ކެޓަގަރީ.

11.  ފޮޓޯ ޖާރނަލިޒަމް ދާއިރާ، ނިޝާން ޢަލީ، މިހާރު، ޕްރިންޓް/އޮންލައިން ކެޓަގަރީ.

12.  ވީޑިއޯ ޖާރނަލިޒަމް ދާއިރާ، ޝުރުފާ މުޙައްމަދު، އަވަސް، ބްރޯޑްކާސްޓިންގ ކެޓަގަރީ.

13.  އެންމެ އުއްމީދީ ނޫސްވެރިޔާ، މުޙައްމަދު މުޒައްޔިނު ނާޒިމް، ސަން އޮންލައިން.


މި ހަފްލާގައި ކެޓަގަރީތަކުގެ ތެރެއިން ބީއެމްއެލް ގެ ގިފްޓް ކާޑް ލިބިފައިވަނީ:

o    ވިޔަފާރިއާއި އިޤުތިޞާދު ދާއިރާ، މުޙައްމަދު އަފްރާޙް، އަވަސް، ޕްރިންޓް/އޮންލައިން ކެޓަގަރީ.

o    ވިޔަފާރިއާއި އިޤުތިޞާދު ދާއިރާ، ސިމާޙާ ނަސީމް، މިހާރު، ބްރޯޑްކާސްޓިންގ ކެޓަގަރީ.

o    އެންމެ އުއްމީދީ ނޫސްވެރިޔާ، މުޙައްމަދު މުޒައްޔިނު ނާޒިމް، ސަން އޮންލައިން.

 

   އަދި މިއަހަރު ލިބުނު ހުށަހެޅުންތަކަށް ބަލާއިރު އިޖްތިމާއީ ދާއިރާއިންނާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ދާއިރާއިންނާއި، ސިޔާސީ ދާއިރާ އަދި ކުޅިވަރުދާއިރާގެ ބްރޯޑްކާސްޓިންގ ދާއިރާއަށް ވަނީ އެކަށީގެންވާ ވަރަށް މާކްސް ނުލިބުމުގެ ސަބަބުން އިނާމު ނުލިބިފައެވެ.