ޚަބަރު

"ނޫސްވެރިކަމުގެ އިނާމު 2022" ޙަފްލާ ބާއްވައިފި

26 ނޮވެްބަރު 2023 | ޚަބަރު


މޯލްޑިވްސް މީޑިއާ ކައުންސިލުން ކޮންމެ އަހަރަކުވެސް ދެމުން އަންނަ 'ނޫސްވެރިކަމުގެ އިނާމު 2022' ގެ ޙަފްލާ 2023 ނޮވެންބަރު 25 ވީ (ހޮނިހިރު) ދުވަހުގެ ރޭ އިސްލާމީ ޔުނިވަރސިޓީގެ ހޯލްގައި ބާއްވައިފިއެވެ.

މި ޙަފްލާގައި ޖުމްލަ 11 ދާއިރާއަކުން ނޫސްވެރިކަމުގެ އިނާމާއި ހަޔާތީ އަރުތައިގެ އިނާމު ދެބޭފުޅަކަށް އަރުވާފައިވެއެވެ. އިނާމު ލިބުނު ފަރާތްތަކުގެ ހުށަހެޅުންތަކަށް އިންސާފުވެރިކަމާއިއެކު ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ 7 މެންބަރުންގެ މައްޗަށް ހިމެނޭ ހަތަރު ޕެނަލަކުންނެވެ. އަދި މި ޙަފްލާ ޝަރަފްވެރިކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފްއެވެ. މި ރަސްމިއްޔާތުގައި މި ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު މުޞްޠަފާ އަދި ހަފްލާގެ ޝަރަފްވެރި މެހުމާނު ދިވެހިރާއްޖޭގެ ނާއިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް ނޫސްވެރިންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކާފައިވެއެވެ.

މިއަހަރު ނޫސްވެރިކަމުގެ އިނާމު ހާސިލުކުރި ފަރާތްތަކަށް ލިބުނު އިނާމުތަކުގެ ތެރޭގައި، ކޮންމެ ދާއިރާއަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ފައިސާގެ އިނާމު، އުރީދޫއިން ދެއްވާ ފައިސާގެ އިނާމު ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން އެކި ދާއިރާތަކުން ނޫސްވެރިކަމުގެ އިނާމު ލިބުނު ފަރާތްތަކަށް ލިބުނު އިނާމުތަކުގެ ތެރޭގައި، އެމްޔޫ ސްޓޯރުން ދެއްވާ ގިފްޓް ހެންޕަރ އަދި ދިރާގު ޕޯސްޓްޕެއިޑް 1000 ޕްލޭން (6 މަސްދުވަހަށް) ވަނީ ހަމަޖައްސައިފައެވެ.

'ނޫސްވެރިކަމުގެ އިނާމު 2022' ހާސިލުކުރައްވާފައިވާ ފަރާތްތަކަކީ:

1.     ނޫސް މަޖައްލާ ކެޓަގަރީން، ދެމެހެއްޓެނިވި ތަރައްޤީ އާއި އިޖުތިމާއީ ދާއިރާއިން:

    ޝަހުދާ މުޙައްމަދު / ދައުރު

2.     ނޫސް މަޖައްލާ ކެޓަގަރީން، ސިޔާސީ ދާއިރާއިން:

    ނާޒިމް ޙަސަން / އަދަދު

3.     ނޫސް މަޖައްލާ ކެޓަގަރީން، ޝަރުއީ އަދި ޤާނޫނީ ދާއިރާއިން:

    މުޢިއްޒު އިބްރާހީމް / މިހާރު

4.     ނޫސް މަޖައްލާ ކެޓަގަރީން، ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާއިން:

        އަޙްމަދު ނާއިފް / ދައުރު


 

5.     ނޫސް މަޖައްލާ ކެޓަގަރީން، ކުޅިވަރުގެ ދާއިރާއިން:

        ޙުސައިން ހަބީބު / މިހާރު

6.     ފޮޓޯ ޖާރނަލިޒަމްގެ ދާއިރާއިން.

        ފަޔާޒް މޫސާ / މިހާރު

7.     ނޫސް މަޖައްލާ ކެޓަގަރީން، ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާއިން:

        ޙައްވާ އަމާނީ ޢަބްދުﷲ / މިހާރު

8.     ނޫސް މަޖައްލާ ކެޓަގަރީން، ތަޙްޤީޤީ ނޫސްވެރިކަން:

        އަޙްމަދު މިޒްޔާލް / ދައުރު

9.     ނޫސް މަޖައްލާ ކެޓަގަރީން، ފީޗަރ / ރިޕޯޓު ދާއިރާއިން:

        ޝަހުދާ މުޙައްމަދު / މިހާރު

10.  އުއްމީދީ ނޫސްވެރިޔާގެ އިނާމު:

        މުޙައްމަދު ނާއިލް ހަފީޒް / ސަން

11.  އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ:

        އަޙްމަދު ނާއިފް / ދައުރު

ހަޔާތީ އަރުތައިގެ އިނާމު ލިބިވަޑައިގެންނެވި ދެ ބޭފުޅުންނަކީ:

1. އަލްފާޟިލް ޢަބުދުﷲ ރަމީޒް (ޕީއެސްއެމް)

2. އަލްފާޟިލް އަޙްމަދު ޒާހިރު (ހިރިގާ) (ދައުރު)

މީގެ އިތުރުން ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މިހާރުވެސް އަގުހުރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ސާއިދު އަހުމަދަށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ފިލައެއް އެރުވުނެވެ.

         ބްރޯޑް ކާސްޓިންގ ގެ ދާއިރާތަކަށް މި އަހަރު އިނާމު ލިބިފައި ނުވެއެވެ. ޖުމުލަ 12 ދާއިރާއަކުން ނޫސް މަޖައްލާ އަދި ބްރޯޑްކާސްޓިންގ އިނާމަށް ހުޅުވާލިއެވެ. މަޖައްލާ އަދި ބްރޯޑްކާސްޓިންގ އިނާމަށް ހުޅުވާލިއެވެ.