މި ކައުންސިލުން ދެންނެވި
ދެންނެވުމަކަށް އިޖާބަދެއްވައި، މިއަދު (2017 ޖުލައި 25 ވީ އަންގާރަ ދުވަހު)
ޑިޕާޓުމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، މި ކައުންސިލުގެ މެންބަރުންނާ
ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ޑިޕާޓުމަންޓު އޮފް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައެވެ.
މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު
މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކޯޓުތަކާއި ޝަރުޢީ ދާއިރާގެ ޚަބަރު ގެނެސްދޭ
ނޫސްވެރިންނަށް، ދެ ފަރާތް ގުޅިގެން ހިންގިދާނެ ޕްރޮގްރާމުތަކަކީ ކޮބައިތޯ ބެލުން
ހިމެނެއެވެ. އަދި ދެ ފަރާތް ގުޅިގެން ޙައްލުކުރެވިދާނެ ކަންތައްތަކާއި، ދެ
ފަރާތުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށްޓަކައި ކުރެވިދާނެ
ކަންތައްތަކާބެހޭ ގޮތުން ވެސް މަޝްވަރާކުރެވުނެވެ.
މި ކައުންސިލުން އެކިއެކި
ފަރާތްތަކާ އެކު މިފަދަ ބައްދަލުވުންތައް ބޭއްވުމަށް އެދެމުންދަނީ، މީޑިއާތައް
ހަރުދަނާކޮށް ކުރިއެރުވުމަށްޓަކައި ކުރާ މަސައްކަތެއްގެ ތެރެއިންނެވެ.
25 ޖުލައި 2017