ޚަބަރު

އިންތިޚާބީ ރައީސަށް ތަހުނިޔާ ދަންނަވައިފި

24 ސެޕްޓެމްބަރު 2018 | ޚަބަރު

23 ސެޕްޓެންބަރު 2018 ގައި އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައި، ދިވެހިރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ހޮވިވަޑައިގަތް، އޮނަރަބަލް އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙަށް، މިއަދު މީޑިއާ ކައުންސިލުން ތަހުނިޔާ ދަންނަވައިފިއެވެ. އެކަމަށްޓަކައި މިއަދު މީޑިއާ ކައުންސިލުން އެމަނިކުފާނުގެ ޕާޓީގެ އޮފީހަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ، މީޑިއާ ކައުންސިލުގެ އެންމެހައި މެންބަރުންނާއި، މުވައްޒަފުންނާއި، ސެކްރެޓަރީޖެނެރަލްއާއި، އަދި މީޑިއާ ކައުންސިލުގެ ރައީސް އެމަނިކުފާނަށް ނުހަނު އިޚުލާޞްތެރި ތަހުނިޔާއާއި އެހައިމެ ހޫނު މަރްޙަބާ ދަންނަވާ ކަމަށެވެ.

މީޑިއާ ކައުންސިލުގެ އުންމީދަކީ، އެ މަނިކުފާނުގެ ޒަޢާމަތުގައި ދިވެހިރާއްޖޭގެ އެކިއެކި ދާއިރާތަކަށާއި، ޚާއްޞަކޮށް މީޑިއާއަށް އިތުރު ކުރިއެރުމާއި ފާގަތިކަން ޙާޞިލުވެގެންދިއުން ކަމަށްވެސް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

24 ސެޕްޓެންބަރު 2018