ޚަބަރު

އެމްއެމްސީއާއި ޕިއެސްއެމްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

22 އޮގަސްޓް 2017 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލާއި ޕަބްލިކް ސާރވިސް މީޑިއާ ދެމެދު 2017 އޮގަސްޓް 21 ވީ ހޯމަ ދުވަހު، ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި ފަހުމުނާމާއަކީ ނޫސްވެރިކަމާ ގުޅުންހުރި ބައެއް ކަންކަމުގައި ދެފަރާތް ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލައި ސޮއިކުރި ފަހުމުނާމާއެކެވެ.

މި ފަހުމުނާމާގެ ދަށުން ކުރުމަށް ނިންމާފައިވަނީ މައިގަނޑު ތިން ކަމެކެވެ. އެއީ މީޑިއާ ކައުންސިލުން ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާގެ މީޑިއާ ޕާޓްނަރުކަން ޕީއެސްއެމް އިން ކުރިއަށް ގެންދިއުމާއި، ދެފަރާތް ގުޅިގެން ނޫސްވެރިންނަށް އެކި ޕްރޮގްރާމްތައް ހިންގުމާއި އެމްއެމްސީ އަދި ޕީއެސްއެމް އިން ގުޅިގެން، ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގްރާމެއް އުފެއްދުމެވެ.

 

22 އޮގަސްޓް 2017