ޚަބަރު

"ޒުވާނުންނާއި މީޑިއާ ވޯކްޝޮޕް" ގައި މޯލްޑިވްސް މީޑިއާ ކައުންސިލުން ބައިވެރިވުން

24 ފެބްރުއަރީ 2019 | ޚަބަރު


މިނިސްޓްރީ އޮފް ހޯމް އެފެއާޒްއިން އިންތިޒާމްކޮށްގެން "ޒުވާނުންނާއި މީޑިއާ" މިޝިއާރުގެ ނަމުގައި، މިމަހުގެ 22، އަދި 23 މި ދެދުވަހު، ހއ. ހޯރަފުށީގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް އަލްފާޟިލް ހިދާޔަތުﷲ ބައިވެރިވެ ވަޑައިގެން ސެޝަންތަކެއް ނަގައިދެއްވައިފިއެވެ.  

 

މިމަސައްކަތު ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން މައުލޫމާތުދެއްވީ، މޯލްޑިވްސް މީޑިއާ ކައުންސިލުގެ މައުލޫމާތާއި، ދިވެހި މީޑިއާގެ ހަމަތަކާއި އަޚްލާޤީ މިންގަނޑު އަދި މީގެ އިތުރުން ސޯޝަލް މިޑިއާއާއި ގުޅޭގޮތުންނެވެ.

 

މިމަސައްކަތު ބައްދަލުވުމަކީ ހއ. އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮށްގެން ބޭއްވުނު މަސައްކަތު ބައްދަލުވުމަކެވެ. މިމަސައްކަތު ބައްދަލުވުމުގައި ހއ. އަތޮޅުގެ ހަތް ރަށަކުން 80 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައި ވެއެވެ.

24 ފެބްރުވަރީ 2019