ދެންނެވުން

ދެންނެވުން

21 އޮގަސްޓް 2023 | ދެންނެވުން

"ދެންމެ" ނޫހުގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ގިނަ އަދަދެއްގެ ލިޔުންތަށް ޝާއިއު ކުރަމުންދާ މައްސަލަ މި ކައުންސިލްގެ ސަމާލު ކަމަށް ވަނީ އައިސްފަ އެވެ.

 

"ދެންމެ" ނޫހަކީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓަރ ކޮށްފައިވާ ނޫހަކަށް ނުވާތީ އެ ނޫސް ހިންގާ ފަރާތަކާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ މި ކައުންސިލާ ހިއްސާ ކުރުމަށް އާންމުންގެ ފަރާތުން އެދެމެވެ.

އަދި އެ ނޫހުގައި ޝާއިޢު ކުރަމުން އަންނަ އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ކޮންޓެންޓާއި ހެޑްލައިންތައް މީސްމީޑިއާގެ މަންސަތަކުގައި ޝެއަރކޮށް ރިއެކްޓް ނުކުރުމަކީ މި ކައުންސިލުން ވަރަށް ބޮޑަށް އެދޭ ކަމެކެވެ.