ޚަބަރު

މީޑިއާ ކައުންސިލުން މިނިސްޓްރީ އޮފް ހޯމްއެފެއާޒް އާ ބައްދަލުކޮށްފި

07 މާރޗް 2018 | ޚަބަރު

ގަވާއިދު ނަންބަރު: 2018/R-3 (ނޫސް މަޖައްލާއާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓަރީ ކުރުމުގެ ގަވާއިދު) ގައި ބަޔާންކޮށްފައިވާ އެޑިޓަރުންގެ މާއްދާއާ ގުޅޭގޮތުން، މަޝްވަރާކުރުމަށް 2018 މާރިޗު 7 ވީ ބުދަ ދުވަހު މި ކައުންސިލުން މިނިސްޓްރީ އޮފް ހޯމްއެފެއަރޒްގެ ކަމާބެހޭ ބޭފުޅުންނާ ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވަނީ، އެ މާއްދާ އިޞްލާޙުކުރުމާބެހޭ ގޮތުންނެވެ. އެކަމަށްޓަކައި ކައުންސިލުގެ މެންބަރުން ވަނީ، ތަފާތު ފިކުރާއި ޚިޔާލު މިނިސްޓްރީއާ ޙިއްޞާކޮށްފައެވެ. މެންބަރުން ވިސްނުންފުޅު ގެންގުޅުއްވާފައިވަނީ، އެޑިޓަރުންނާ ގުޅޭ މާއްދާ، މީޑިއާތަކަށް ފަހިވާނެހެން އިޞްލާޙުކުރުމަށެވެ. މަޝްވަރާގައި މިނިސްޓްރީން ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވިދާޅުވީ، ކައުންސިލުގެ މެންބަރުން ހުށަހެޅުއްވި ޚިޔާލުފުޅުތައް، ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރައްވާނެ ކަމަށާއި، ވީއެންމެ އަވަސް ފުރުޞަތެއްގެ ތެރޭގައި ކައުންސިލަށް ޖަވާބެއް ދެއްވާނެ ކަމަށެވެ.

 


07 މާރިޗު 2018