ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން އައްޑޫ ސިޓީއަށް ކުރި ދަތުރު ނިންމުން

31 ޖެނުއަރީ 2016 | ޚަބަރު


ޔުނިސެފްގެ އެހީގައި ކުޑަކުދިންނަނާއި ގުޅޭ ޚަބަރާއި މަޢުލޫމާތު ހާމަ ކުރުމުގެ އުސޫލުތަކާއި ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ދައުރާއި މަސައްކަތްތައް ހާމަކޮށްދިނުމުގެ ގޮތުން ޖެނުއަރީ 28 ން 30 އަށް އައްޑޫ ސިޓީއަށް ކުރި ދަތުރު ނިންމާލައިފިއެވެ. 

 

މި ދަތުރުގައި ކުރިއަށް ގެންދެވުނު ސެޝަންތަކުގައި ފޭދޫ ސްކޫލްގެ ބެލެނިވެރިން، އަދި ދަރިވަރުންނަށް މަޢުލޫމާތު ދެވުނެވެ. މި ސެޝަންތަކުގައި 69 ދަރިވަރުންނާ 50 ބެލެނިވެރިން ބައިވެރިވެވަޑައިގަތެވެ. ޝަރަފުއްދީން ސްކޫލުން 61 ދަރިވަރުން އަދި 50 ބެލެނިވެރިން ބައިވެރިވެވަޑައިގަތެވެ. އައްޑޫ ހައި ސްކޫލުން 140 ދަރިވަރުން ބައިވެރިވިއެވެ. ހިތަދޫ ސްކޫލުން 34 ދަރިވަރުން ބައިވެރިވި އިރު އިރުޝާދިއްޔާ ސްކޫލުން 105 ދަރިވަރުން ބައިވެރިވިއެވެ. އަދި ސ. އަތޮޅު މަދަރުސާގެ 35 ދަރިވަރުން ބައިވެރިވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން 19 ބޭފުޅުންނަށްވަނީ ކަމާގުޅޭ މަޢުލޫމާތު ހިއްސާކުރެވިފައެވެ.

 

     މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގައި މިހާތަނަށް ވަނީ 7 އަތޮޅެއްގައި މުޅިއެކު 13 ރަށެއްގައި މަޢުލޫމާތު ސެޝަންތައް ކުރިއަށް ގެންގޮސްފައެވެ. އެއީ ކ. ހިންމަފުށި، ހދ. ކުޅުދުއްފުށި، ލ. ފޮނަދޫ، ލ. ގަން، ގދ. މަޑަވެލި، ގދ.ތިނަދޫ، ދ.ކުޑަހުވަދޫ، ގއ.ވިލިގިނލި ގއ. ކޮލަމާފުށި، ސ.ހިތަދޫ، ސ.ފޭދޫ، ސ.މަރަދޫ، އަދި ސ.ހުޅުދޫ މީދޫއެވެ. މި ގޮތުން ޖުމްލަ 958 ދަރިވަރުންނާއި 486 ބެލެނިވެރިން އަދި 193 ސިވިލްސާރވިސް މުވައްޒަފުންނާ ކައުންސިލަރުންނަށް ވަނީ މަޢުލޫމާތު ދެވިފައެވެ.

 

މަޢުލޫމާތު ދިނުމުގެ ސެޝަންތައް މާލެއާއި އަތޮޅުތަކުގައި ކުރިއަށް ގެންދިއުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ރާވާފައެވެ.

31 ޖެނުއަރީ 2015