ޚަބަރު

އދ. ގެ މަންދޫބުން މީޑިއާ ކައުންސިލާ ބައްދަލުކުރައްވައިފި

07 އޮގަސްޓް 2018 | ޚަބަރު

                މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ އދ. ޕީސް އެންޑް ޑިވެލޮޕްމަންޓް އެޑްވައިޒަރާއި ސީނިއާ މީޑިއޭޝަން އެޑްވައިޒަރ، މީޑިއާ ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރައްވައިފިއެވެ. މިއަދު (2018 އޮގަސްޓް 7) ގެ 14:00 ގައި އޮތް މި ބައްދަލުވުން އޮތީ، މީޑިއާ ކައުންސިލުގައެވެ. މި ބައްދަލުވުން އިންތިޒާމުކުރެވުނީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިންގ އެފެއާޒްގެ އެދިވަޑައިގަތުމަކަށެވެ.

                    އެއްގަޑިއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގެ ބޭނުމަކީ، އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް، މިސްޓަރ މިރޮސްލާވް ޔެންކާ މި އޯގަސްޓް މަހުގެ 9 އިން 11 އަށް ރާއްޖެއަށް ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅާބެހޭ ގޮތުން މަޝްވަރާކުރުމެވެ.


07 އޯގަސްޓް 2018