މޯލްޑިވްސް މީޑިއާ
ކައުންސިލާއި ދިވެހިބަހުގެ އެކެޑަމީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިފަހުމުނާމާގައި ސޮއިކުރީ މިއަދު ދިވެހިބަހުގެ އެކެޑަމީގައި ބޭއްވުނު
ރަސްމިއްޔާތެއްގައެވެ. މި ފަހުމުނާމާގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ފަރާތުން
ސޮއިކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ރައީސް އަލްފާޟިލް ހިދާޔަތުﷲ އެވެ.
އަދި ދިވެހިބަހުގެ އެކެޑަމީގެ ފަރާތުން ސޮއިކުރެއްވީ ދިވެހިބަހުގެ އެކެޑަމީގެ
ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ.
މި ފަހުމުނާމާއަކީ،
ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އޮންލައިން މީޑިއާތަކާއި ޕްރިންޓް
މީޑިއާތަކުގެ ނޫސްވެރިންނާއި ދައުލަތުގެ އިދާރާތަކުގައި ޚަބަރާއި މައުލޫމާތު
ފަތުރައްވަން މަސައްކަތް ކުރައްވާ މުވައްޒަފުން، ދިވެހިބަހުގެ ހަމަތަކާއި
ނޫސްލިޔުމުގެ އުސޫލުތަކާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމުގެ ތަމްރީން
ޕްރޮގްރާމްތަކެއް ރާވައި ހިންގުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީއާއި މޯލްޑިވްސް
މީޑިއާ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާއެކެވެ.
މިރަސްމިއްޔާތުގައި
މީޑިއާ ކައުންސިލުގެ ފަރާތުން ބައިވެރިވެވަޑައިގަތީ މޯލްޑިވްސް މީޑިއާ
ކައުންސިލުގެ ރައީސް އަލްފާޟިލް ހިދާޔަތުﷲ، ނާއިބު ރައީސް އަލްފާޟިލް އަޙްމަދު
އާޒިފް، މެންބަރު އަލްފާޟިލާ ޝީރީން ނާހިދާ ލަތީފް، މެންބަރު އަލްފާޟިލް ޢަލީ
ރިފްޝާން، މެންބަރު އަލްފާޟިލް އަޙްމަދު ޖަދުއާން، މެންބަރު އަލްފާޟިލް ޢަލީ
އަޙްސަން، މެންބަރު އަލްފާޟިލާ ރިފާޢަތު ރަޝީދު އަދި މެންބަރު އަލްފާޟިލް އަޙްމަދު
ނާއިފްއެވެ. އަދި ސެކްރެޓޭރިއޭޓް ގެ ފަރާތުން ބައިވެރިވެރިވެވަޑައިގަތީ ސެކްރެޓަރީ
ޖެނެރަލް އަލްފާޟިލް މުޙައްމަދު ފަރުޞަތު، ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާތިމަތު
މުނާ، އެސިސްޓަންޓް ޑިރެކްޓަރ އަލްފާޟިލް އަބޫބަކުރު އާދިލް މޫސާ، އަލްއުސްތާޛާ
ފާތިމަތު ފަހުމީ، އަލްފާޟިލާ އާމިނަތު އަޒްލިފާއެވެ.
މި ފަހުމުނާމާގެ
މުއްދަތަކީ މި ފަހުމުނާމައިގައި ދެ ފަރާތުން ސޮއިކުރާ ތާރީޚުން ފެށިގެން މީލާދީ
ސަނަތުން 3 (ތިނެއް) އަހަރެވެ.