ޚަބަރު

"ނޫސްވެރިކަމުގެ އިނާމު 2017" އާއި ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ޙަފުލާ

05 ޑިސެމްބަރު 2018 | ޚަބަރު

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަހަރު ދިނުމަށް ހަމަޖެހިފައިވާ 'ނޫސްވެރިކަމުގެ އިނާމު ‘2017 އާއި ނޫސްވެރިކަމަށް 75 އަހަރުފުރުން ފާހަގަކުރުމުގެ ޙަފްލާ 2018 ޑިސެންބަރު 11 ގައި ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޙަފްލާގައި ޖުމްލަ 8 ދާއިރާއަކުން ނޫސްވެރިންނަށް އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ. އެ ދާއިރާތަކަކީ:

1.      އިޖްތިމާޢީ ދާއިރާ،

2.      ސިޔާސީ ދާއިރާ،

3.      ޝަރުޢީ އަދި ޤާނޫނީ ދާއިރާ،

4.      ވިޔަފާރިއާއި އިޤުތިޞާދުގެ ދާއިރާ،

5.      ކުޅިވަރުގެ ދާއިރާ،

6.      ފޮޓޯ ޖާރނަލިޒަމްގެ ދާއިރާ،

7.      ވީޑިއޯ ޖާރނަލިޒަމްގެ ދާއިރާ،

8.      ފީޗަރ ލިއުމުގެ ދާއިރާ، މިއެވެ.

 މީގެ އިތުރުން، 'އެންމެ އުންމީދީ ނޫސްވެރިޔާ' އަދި 'ޙަޔާތީ އަރުތަ' (ލައިފްޓައިމް އެޗީވްމަންޓް) އިނާމުވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޙަފްލާގައި ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން 'އަލިމަސް ޝަރަފު ގަލަން' އާއި 'އަލިމަސް ގަލަން' އާއި 'ރަން ގަލަން' ދިނުމަށް ވަނީ ހަމަޖެހިފައެވެ.

 

 

                                         5 ޑިސެންބަރު 2018