ޕޮލިސް ރިފޯމް
ހަރަކާތުގެ ތެރެއިން "ޕޮލިސް ރިފޯމް ސިމްޕޯސިއަމް 2019" ގައި މޯލްޑިވްސް
މީޑިއާ ކައުންސިލުން ބައިވެރި ވެއްޖެއެވެ. މި ސިމްޕޯސިއަމް ބާއްވާފައިވަނީ 05
މާރިޗް 2019 (މިއަދު) ހެދުނު 8:30 ގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ،
ސެންޓްރަލް އޮޑިޓޯރިއަމްގައެވެ.
މި ސިމްޕޯސިއަމްގައި
މީޑިއާ ތަކުން ހުށަހަޅާފައިވާ ކަންބޮޑުވުންތަކާގުޅޭ ޕްރެޒެންޓޭޝަނެއް މޯލްޑިވްސް
މީޑިއާ ކައުންސިލުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު އާޒިފް ދެއްވިއެވެ.
އޭގެތެރޭގައި ފުލުހުންގެ ފަރާތުން ދިމާވާ އެކިއެކި މައްސަލަތަކާ، މައުލޫމާތު ހޯދާ
ލިބިގަތުމުގައި ދިމާވާ ދަތިތަކާއި އަދި އެކަންކަމަށް ގެނެވިދާނެ ހައްލުތައް
ހިއްސާކުރެއްވިއެވެ.
މޯލްޑިވްސް މީޑިއާ
ކައުންސިލުގެ ނާއިބު ރައީސް އަލްފާޟިލް އަޙްމަދު އާޒިފް ހުށަހެޅުއްވި ޕޮއިންޓުތައް
ތިރީގައި މިވަނީއެވެ.
މައްސަލަތައް: |
|
|
·
ނޫސްވެރިން ދުވަހުން ދުވަހަށް ކުރާ މަސައްކަތުގައި
އެންމެ ގިނައިން މުއާމަލާތުކުރަންޖެހޭ އެއްބަޔަކީ ފުލުހުން. ·
މަރުގެ މައްސަލަތަކުން ފެށިގެންގޮސް މާރާމާރީއާއި
މަސްތުވާތަކެއްޗާއި ދޭދޭ ފަރުދުންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކުގެ
ހަބަރުތައް ކަވަރުކުރާއިރު އެޚަބަރުތައް ފުރިހަމަވަނީ ފުލުހުންގެ ފަރާތުން ލިބޭ
މައުލޫމާތުތައް ހިމަނައިގެން. ·
ގުދުރަތީ ކާރިސާތަކާ އެހެންވެސް ހާދިސާތަކުގެ
ހަބަރުތަކުގައިވެސް މިކަން އޮތީ މިހެން. އެހެންކަމުން ފުލުހުންގެ ފަރާތުން
ނޫސްވެރިންނަށް ލިބެންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަ ގޮތުގައި ނުލިބުމަކީ
ނޫސްވެރިންގެ މަސައްކަތަށް ކުރިމަތިވާ ވަރަށްބޮޑު ހުރަހެއް. ·
މުޒާހަރާތައްފަދަ ހަރަކާތްތައް ކަވަރު ކުރާއިރު ނޫސްވެރިންނަށް
ހުރަސްއެޅުން. ·
ކެމެރާއާއި އިކުއިޕްމަންޓް އަތުލައި ފޮޓޯއާއި
ވީޑިއޯ ޑިލީޓްކުރުން. ·
ޤާނޫނަކުން މަނާ ނުކުރާ ބައެއް ކަންކަން ކުރުމާއި
ކަވަރު ކުރުމަށް ހުރަސްއެޅުން. ·
ޤާނޫނީ އެއްވެސް ސަބަބެއްނެތި ނޫސްވެރިން ހައްޔަރު
ކުރުން. ·
ހައްޔަރު ކުރާ ނޫސްވެރިޔާއާ ބެހޭ މައުލޫމާތު
ހާމަނުކޮށް ލަސްކުރުން. ·
ދައުވާކުރެވޭވަރުގެ ހެއްކެއްނެތި ފުލުހުންގެ
ކުށުގެ ރިކޯޑުގައި ނޫސްވެރިން ހިމެނުން. ·
މުޒާހަރާތައް ކަވަރުކުރުމުގައި ފުރުޞަތު
ހަނިކުރުން. ·
ފުލުހުންގެ ދައުރަށް ހުރަސްއެޅުމަކީ ކޮބައިކަން
ސާފުކޮށް އެގެން ނެތުން. |
މައުލޫމާތު ހޯދާ ލިބިގަތުމުގައި ދިމާވާ ދަތިތައް: |
|
|
·
ދުވަހުން ދުވަހަށްހިނގާ ހާދިސާތަކުގެ ފުރުހަމަ
މައުލޫމާތު ދިނުމުގައި ކަމާގުޅޭ ފުލުހުންގެ ޑިޕާޓްމަންޓްތަކުން ލަސްވުން. ·
ބޮޑެތި
ކާރިސާތަކާގުޅޭ އަޕްޑޭޓް މައުލޫމާތު ނުލިބުން. ·
ޓެރަރިޒަމް/މާރާމާރީ/ވައްކަމާއި ފޭރުން/މަސްތުވާތަކެތި
ފަދަ ބޮޑެތި މައްސަލަތަކުގައި މައްސަލަތަކުގެ މައުލޫމާތު ހާމަކުރުމަށް ފުލުހުން
އިސްނުނެގުން. ·
މައުލޫމާތު ހާމަކުރުމުގައި މީޑިއާ ތަކުގެ މެދުގައި
ތަފާތުކުރުން. ·
ބައެއް ވަގުތުތަކުގައި ފުލުހުންގެ މީޑިއާއިން
ފޯނަށް ޖަވާބު ނުދިނުން. |
ހައްލު: |
|
|
·
ދިމާވާ ހާދިސާތަކާ ގުޅޭ މައުލޫމާތު ލިބޭނެ 24
ގަޑިއިރުގެ ނިޒާމެއް ގާއިމުކުރުން. ·
ޤާނޫނާ ހިލާފު ނުވާނަމަ އެއްވެސް ހާލަތެއްގައި ނޫސްވެރިންނަށް ހުރަސް ނޭޅުން. ·
އާއްމުކޮށް ދިމާވާއެކި ހާލަތްތަކުގައި
ފުލުހުންގެވާޖިބަށް ނުވަތަ މަސްއޫލިއްޔަތަށް ހުރަސްއެޅޭ ގޮތާއި މިންވަރު ތަފްސީލްކޮށް މީޑިއާތަކަށް ދުރާލާ
އަންގާފައި ބޭއްވުން. ·
ބޮޑެތި މައްސަލަތަކުގައި ކޮމިޝަނާރ އޮފް ޕޮލިސް
ޕްރެސް ކޮންފަރެންސް ބޭއްވުން. ·
އާއްމުކޮށް މައުލުމާތާއި ޕްރެސް ކޮންފަރެންސް
ނުވަތަ ޕްރެސް ރިލީސް ފޯރުކޮށްދިނުމުގައި ހުރިހާ މީޑިއާއެއް ހަމަހަމަ ކުރުން. ·
ޕްރެސް ކޮންފަރެންސްގެނަމުގައި ބާއްވާ ކޮންމެ
އިވެންޓެއްގައި ސުވާލުކުރުމުގެ ފުރުޞަތު ނޫސްވެރިން ނަށްދިނުން. ·
ވަކިކަމަކާ ގުޅޭ ޕްރެސް ކޮންފަރެންސް
އެއްބާއްވާނަމަ އެކަމާ ގުޅޭ ޑިޕާޓްމަންޓުން ބައިވެރިވުން. ·
ފްރޮންޓް ލައިންގައި މަސައްކަތްކުރާ ފުލުހުންނަށް
ނޫސްވެރިކަމާއި ނޫސްވެރިން މަސައްކަތްކުރާ ގޮތުގެ މައުލޫމާތު ދިނުން. ·
ދިމާވާހާދިސާތަކާ އެކި ހާލަތްތަކުގައި
ނޫސްވެރިންގެ އިކުއިޕްމަންޓްތަކަށް ރައްކާތެރިވުން. ·
ގައުމީ ސަލާމަތަށް ނުރައްކާވާތީ ނުވަތަ އެނޫންވެސް
އެފަދަ ސަބަބަކާ ހުރެ މައުލޫމާތެއް ހާމަނުކޮށް ސިއްރުކުރާނަމަ ނުވަތަ އެއްވެސް
ނިއުސް ކަވަރޭޖަކަށް ހުރަސް އަޅަން ޖެހޭނަމަ އެކަމުގެ ސަބަބު ހާމަކުރުން. |
މި
ކަންބޮޑުވުންތަކަކީ އެކިއެކި މީޑިއާތަކުން މިކައުންސިލަށް ހިއްސާކުރައްވާފައިވާ
ކަންބޮޑުވުން ތަކެކެވެ. މީޑީއާތަކަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާ،
ކަންބޮޑުވުންތައް ހައްލުކުރުމަށް މީޑިއާ ކައުންސިލުން އަބަދުވެސް މަސައްކަތް
ކުރަމުން ދާނެކަމަށާއި އަދި މިޑިއާތަކަށް ދިވާމާ އެކިއެކި ދަތިތަކާ ގުޅޭގޮތުގެ
މައުލޫމާތު މީޑިއާ ކައުންސިލާއި ހިއްސާކުރުމުގެ ފުރުޞަތު ހުރިހާ މީޑިއާ އަކަށްވެސް
އަބަދުވެސް އޮންނާނެ ކަމުގައި ދަންނަވަމެވެ.